މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022ގައި ކުޅިވަރަށް ޚިދުމަތްކޮށްދެއްވި ގިނަ ފަރާތްތަކެއްގެ އަގުވަޒަންކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ކުލަގަދަ ސްޕޯޓްސް އެވޯޑެވެ. ރާއްޖެއަށް ކުޅިވަރުން އެކިގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަންކޮށްފައިވާއިރު، ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ދީފައިވަނީ ބަންގްލަދޭޝްގެ ޔޫތު މިނިސްޓަރ އެމްޑީ ޒާހިދު އަހްސަން ރުސެލްއަށާއި، ސްރީލަންކާގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަ ޕަކްސަރ، ސައުދި އަރަބިއްޔާގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ބަދޭރް އަލްހާދީ، އޮނަރަބަލް ހުސެއިން އަފީފް، ކުރީގެ ޓެނިސް އެސޯސިއޭޝަންގެ ރައީސް އޮނަރަބަލް ހުސެއިން ނަޒީރަށެވެ. 
ކުޅިވަރުގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 15 ބޭފުލަކަށް ވަނީ ދީފަ. މި އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:-
- ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް
- ޑރ.މުޙައްމަދު ވަހީދުއްދީން
- ނިޝާން އިއްޒުއްދީންގެ ވެރިޔާ އުމަރު ޒާހިރު
- ޑރ.މުހައްމަދު ޒާހިރު ހުސެއިން
- މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް އަލްމަރުހޫމް ޒާހިރު ނަސީރު
- މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް
- އެތްލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސް މައިޒާން ޢަލި މަނިކު
- ކެނެރީ ޢަބްދުލްސައްތާރު
- އަލްމަރުހޫމް ބާރީ ޔޫސުފް ފުޅު
- ގައުމީ ޓީމުގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ބާރީ ސަމަދު
- ރެފްރީ ސައީދު
- ހަސަން ނިޒާރު
- ޢަބްދުﷲ ފެނާންޑޯ
- އަލްމަރުހޫން ޢަލީ ނަސީރު
- އަލްމަރުހޫމް މާދިހު އިސްމާޢީލް 
މިއެވޯޑްގައި ކުޅިވަރުގެ ގިނަ އެވޯޑްތަކެއް ދީފައިވާއިރު، ސްޕޯޓްސް އައިކަން އެވޯޑް ދީފައިވަނީ
- ރޮބާޓޯ ކާލޯސް 
- ފެބްރީޒިއޯ ރޮމާނޯ
- މިޝެއިލް ސަލްގާޑޯ
- ސުރޭޝް ރެއިނާ 
- ގިލްބާޓޯ އަމާރީ 
- އަލްބީން ޕޫޝާން
- ސާރާ
- ތަޖީނީ ޖީނީ ސިވަލިންގަމް 
- ޒޯރާން 
- ގޯލްޑަން ގްރީސް 
- ލޫސީ ޝަކާ 
- ފަލީލޯ ފަޓީގާ
- މާކަސް މާކް 
- ސަނަތް ޖައި ސޫރިޔާ 
- އެޑްގާ ޑާވިޑްސް
- އަސަފާ ޕަވަލް