ކުޅިވަރު

އެންމެ މޮޅު އެތްލީޓަކަށް ސާއިދު އާއި ނަބާ


މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022ގެ އެތުލީޓް އޮފް ދަ އިޔަރ އަންހެން ނަބާހާއަށް އަދި ފިރިހެން ސާއިދުއަށް ލިބިއްޖެއެވެ. އެތުލީޓް އޮފް ދަ އިޔަރ އަންހެން ފާތިމަތު ނަބާހާ އަބްދުއްރައްޒާގު އަދި ފިރިހެން ހަސަން ސާއިދަށް ލިބިފައިވަނީ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022ގައެވެ. މިއެވޯޑް މިދެ އެތުލީޓުންނަށް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުއެވެ.

މިރަސްމިޔާތުގައި ވަނީ ކުޅިވަރުގެ ގިނަ އެވޯޑްތަކެއް ދީފައެވެ. އެގޮތުން އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ދީފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ. އަންހެން ބައިން މިއެވޯޑް ލިބިފައިވަނީ ފާތިމަތު ދިމާ ޢަލީއަށެވެ. ފިރިހެން ބައިން އެވޯޑް ލިބިފައިވަނީ ނިބާލް އަހުމަދަށެވެ.

ސްޕެޝަލީ އޭބަލްޑް އެތުލީޓް އޮފްދަ އިޔަރ އެވޯޑް ހާސިލްކުރި އެތުލީޓަށް އެވޯޑު ދީފައިވަނީ ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުއެވެ. މިއެވޯޑުގެ އަންހެން ލިބިފައިވަނީ ހައްވާ އީޝަލް ރިޔާޒަށެވެ. ފިރިހެންބައިން އެވޯޑު ހާޞިލްކޮށްފައިވަނީ މުހައްމަދު މާޒިންއަށެވެ.

ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް މިއެވޯޑް ދެއްވާފައިވަނީ ސްރީލަންކާގެ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ސަނަތު ޖައިސޫރިޔާއެވެ. ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް ލިބިފައިވަނީ ޢަބްދުﷲ ރާފިއު (ރާއްޕެ)އަށެވެ.

ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އަންހެން އެވޯޑް ދެއްވާފައިވަނީ ރެފްރީ މާކަސް މާކެވެ. މިއެވޯޑް ލިބިފައިވަނީ އަންހެން ހައްވާ ޢަބްދުލްމަޖީދެވެ. ދެވަނަ ލިބުނި އާމިނަތު ޢަލީއަށެވެ. ތިންވަނައަށް ދިޔައީ ފާތިމަތު ފައިރޫޒާ އާދަމެވެ.

ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ ފިރިހެން އެވޯޑް ދެއްވާފައިވަނީ ރެފްރީ މާކަސް މާކެވެ. މިއެވޯޑް ލިބިފައިވަނީ އަހުމަދު ޝިހާމެވެ. ދެވަނަ ލިބުނީ އަހުމަދު މުންތަގިމެވެ. ތިންވަނަ ލިބުނީ ބުންޔާމިން ޔޫސުފެވެ.

ކޯޗް އޮފް ދަ އިޔަރ އަންހެން އެވޯޑް ދީފައިވަނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެޑްގާ ޑާވިޑްސްއެވެ. މިއެވޯޑް އަންހެން ބައިން ލިބިފައިވަނީ ނެޓްބޯލް ކޯޗް ނީޝާ ޢަލީއަށެވެ. އަދި ފިރިހެން ބައިން އެވޮޑު ލިބިފައިވަނީ އެތްލެޓިކްސް ކޯޗް އަހުމަދު ފާއިލްއަށެވެ.

ފެޑެރޭޝަން ނުވަތަ އެސޯސިއޭޝަން އޮފް ދަ އިޔަރ އެވޯޑް ދީފައިވަނީ މިޝޭލް ސަލްގާޑޯއެވެ. މިއެވޯޑް ލިބިފައިވަނީ މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނަށެވެ.

މީޑިއާ އޮފް ދަ އިޔަރ އިން ސްޕޯޓްސް ކަވަރޭޖް އެވޯޑް އޮންލައިން އަދި ބްރޯޑްކާސްޓިން އެވޯޑް އަދި ނޫސްވެރިޔާގެ އެވޯޑް ދީފައިވަނީ މަޝްހޫރު ނޫސްވެރިޔާ ފެބްރީޒޯއެވެ. އޮންލައިން އެވޯޑް ލިބިފައިވަނީ މިހާރު އޮންލައިންއަށެވެ. ބްރޯޑްކާސްޓިން އެވޯޑް ލިބިފައިވަނީ ޕީއެސްއެމަށެވެ. ކުޅިވަރު ނޫސްވެރިޔާ ލިބުނީ ހުސެއިން ފަރިޔާޒަށެވެ. ފޮޓޯ ޖާނަލިސްޓް އޮފް ދަ އިޔަރ އެވޯޑު ލިބުނީ މުޙައްމަދު ޝަރުހާނެވެ.

އެތުލީޓް އޮފް ދަ އިޔަރ ބާސްކެޓް ބޯލް އެވޯޑް ދީފައިވަނީ ސައުދި އަރަބިއްޔާގެ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ބަދޭރް އަލްހާދީއެވެ. އަންހެން ބައިން މިއެވޯޑް ލިބިފައިވަނީ ފާތިމަތު ރިޝްމާއަށެވެ. ފިރިހެން ބައިން މި އެވޯޑު ލިބުނީ ޢަބްދުﷲ އަމްޒަރުއަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ނެޓްބޯލް މިއެވޯޓް ދޯފައިވަނީ ސްރީލަންކާގެ ކުރީގެ ނެޓްބޯލް ތަރި ތަރިޖީނީ ސިވަރލިންގަމްއެވެ. މިއެވޯޑް ލިބިފައިވަނީ އާމިނަތު ރަބާބް އިބްރާހިމްއަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ފުޓްބޯލް އެވޯޑް ދީފައިވަނީ މަޝްހޫރު ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސްއެވެ. އަހެން ބައިން މިއެވޯޑް ލިބިފައިވަނީ އާމިނަތު ލީޒާއެވެ. ފިރިހެން ބައިން އެވޯޑު ލިބިުނީ ހަމްޒާ މުހައްމަދަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ސްވިމިންގް އެވޯޑް ދީފައިވަނީ ދުނިޔޭގެ ސްވިމިންގެ ގިނަ ރެކޯޑްތަކެއް އޮންނަ ސާރާއެވެ. މިއެވޯޑް އަންހެން ބައިން ހާޞިލްކުރީ އައިޝަތު ޝައުޝަންއެވެ. ފިރިހެން ބައިން ޢަލީ އިއްމާނަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ހޭންޑް ބޯލް އެވޯޑް ދީފައިވަނީ ކުރީގެ ސެގަނާލް ކުޅުންތެރިޔާ ހަލީލޯ ފެޑީގާއެވެ. މިއެވޯޑް އަންހެން ބައިން ލިބިފައިވަނީ ނަޝްފާ އާމިރާ އަދި ފިރިހެން ބައިން އެވޯޑް ލިބިފައިވަނީ މުހައްމަދު ފިރުނާޝްއަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ޕޫލް ބިލިއާޑް އެވޯޑް ދީފައިވަނީ ބިލިއާޑްގެ ދުނިޔޭގެ ޗެންޕިއަން އަލްބިން އޮޝާންއެވެ. މިއެވޯޑް އަންހެން ބައިން ލިބިފައިވަނީ އައިމިނަތު ފަތުހީއަށެވެ. ފިރިހެން ބައިން އެވޯޑް ލިބިފައިވަނީ ހަސަން ޝާޒަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ސާފިން އެވޯޑް ދީފައިވަނީ ސްރީލަންކާގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަ ޕަކްސަރއެވެ. މިއެވޯޑް ލިބިފައިވަނީ ހުސެއިން އަރީފަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ކެރަމް އެވޯޑް ދީފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީއެވެ. އަންހެން ބައިން މިއެވޯޑް ލިބިފައިވަނީ އާމިނަތު ވިދާދަށެވެ. އަދި ފިރިހެން ބައިން އެވޯޑު ލިބިފައިވަނީ އިސްމާޢީލް އަޒްމީނަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ޓެނިސް އެވޯޑް ދީފައިވަނީ ވީލް ޗެއަރ ޓެނިސް ކުޅުންތެރިޔާ ލޫސީ ސޫކާއެވެ. އަންހެން ބައިން އެވޯޑް ލިބިފައިވަނީ ނަބާ ނިޝާންއަށެވެ. ފިރިހެން ބައިން އެވޯޑް ލިބިފައިވަނީ އަބްދުﷲ ފާއިހް ފަޒީލަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ވޮލީބޯލް އެވޯޑް ދީފައިވަނީ ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ގިލްބާޓޯއެވެ. އަންހެން ބައިން މިއެވޯޑް ލިބިފައިވަނީ ހައްވާ ރާޝިދާއަށެވެ. އަދި ފިރިހެން ބައިން އާދަމް ނަސީމަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ޓޭބަލް ޓެނިސް އެވޯޑް ދީފައިވަނީ ޒޯރާންއެވެ. މިއެވޯޑް އަންހެން ބައިން ލިބިފައިވަނީ ފާތިމަތު ދީމާ ޢަލީއަށެވެ. އަދި ފިރިހެން ބައިން މޫސާ މުންސިފް އަހުމަދަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ބެޑްމިންޓަން އެވޯޑް ދީފައިވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އަހުމަދު ހަމްދާނެވެ. މިއެވޯޑް އަންހެން ބައިން ލިބިފައިވަނީ އާމިނަތު ނަބާހާ އަބްދުލް ރައްޒާގަށެވެ. ފިރިހެން ލިބިފައިވަނީ ހުސެއިން ޒަޔާން ޝަހީދު ޒަކީއަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ޗެސް އެވޯޑް ދީފައިވަނީ މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ. މިއެވޯޑް އަންހެން ބައިން ލިބިފައިވަނީ ނިހާޔާ މުޙައްމަދު އަދި ފިރިހެން ލިބިފައިވަނީ މުޙައްމަދު ޝުއާއުއެވެ.

އެތުލީޓް އޮފް ދަ އިޔަރ ކްރިކެޓް އެވޯޑް ދީފައިވަނީ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަނަތު ޖައިސޫރިޔާ އާއި ސުރޭޝް ރައިނާއެވެ. މިއެވޯޑް ލިބިފައިވަނީ އާދަމް ނާސިފް އުމަރަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ބޮޑީ ބޯޑިން އެވޯޑް ދީފައިވަނީ ބަންގްލަދޭޝްގެ ޔޫތު މިނިސްޓަރ އެމްޑީ ޒާހިދު އަހްސަން ރުސެލްއެވެ. މިއެވޯޑް ލިބިފައިވަނީ އަލީ ހުޝްރުވާން އަހުމަދަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ބޮޑީ ބިލްޑިންގެ އެވޯޑް ދީފައިވަނީ ކްރިކެޓް ތަރި ސުރޭޝް ރައިނާއެވެ. މިއެވޯޑް ލިބިފައިވަނީ މުޙައްމަދު މުސާއަށެވެ.

އެތުލީޓް އޮފް ދަ އިޔަރ ޝޫޓިން އެވޯޑް ދީފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. އަންހެން ބައިން މި އެވޯޑު ޙާޞިލް އާސިފާ ޖައުފަރު އަދި ފިރިހެން ލިބިފައިވަނީ ޒިޔާން ޒިޔާއުއަށެވެ.

އެތުލީޓް އޮފް ދަ އިޔަރ އެތްލެޓިކްސް އެވޯޑް ދީފައިވަނީ ޖެމެއިކާގެ ބާރު ދުވުންތެރިޔާ އަސަފާ ޕަވަލްއެވެ. މިއެވޯޑް އަންހެން ލިބިފައިވަނީ ޢާއިޝަތު ހިމްނާ ހަސަނަށެވެ. އަދި ފިރިހެން ލިބިފައިވަނީ ހަސަން ސާއިދަށެވެ.