ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގައި ހުންނެވި އާދަމް މުޙައްމަދު އެ މަޤާމުން ވަކިކޮށް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤަމަށް އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި އާދަމް މުޙައްމަދު އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުންނާއި މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުން މިއަދު ވަކިކޮށްފައިވާކަމަށެވެ. އަދި އޭނާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވާކަމަށް ޕީބީސީން ވިދާޅުވިއެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމް.ޑީ. ކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް އަޙްމަދު ޝަފީޤް، އިކްލީލުގެ/ހއ.ދިއްދޫ، އެމަޤާމުން ވަކިކޮށް، އެކުންފުނީގެ ބޯޑު މެންބަރ އަދި އެމް.ޑީ. ކަމުގެ
— Privatization & Corporatization Board (@pcb_gov) March 14, 2022
މަޤާމަށް އަލްފާޟިލް އާދަމް މުޙައްމަދު /
ރޯޝަނީވިލާ / އއ.ބޮޑުފޮޅުދޫ، މިއަދު
ޢައްޔަންކޮށްފީމެވެ. pic.twitter.com/Jd5fIq0KpM
އަދި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިންގ ކަމުގައި ކުރިން ހުންނެވި އަޙްމަދު ޝަފީޤް، އެމަޤާމުން ވަކިކޮށްފައިވާކަމަށްވެސް ޕީސީބީން ވިދާޅުވިއެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި އާދަމް މުޙައްމަދު ޕޯސްޓަށް ބަދަލުކުރައްވާފައިވާއިރު، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެއެވެ.
ސަރުކާރުން ވަނީ ދާދިފަހުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ޙަސަން މުޣުނީ ވަކިކޮށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައެވެ. އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފް ވަނީ އައްޔަންކުރައްވާފައެވެ.