ވިޔަފާރި

ވިޔަފާރިތަކަށް ހުރި މާލީ ފުރުސަތުތަކާބެހޭ މަޢުލޫމާތު ދިނުމަށް އެމްއައިބީން ޙަރަކާތެއް


ވިޔަފާރިތަކަށް ހުރި މާލީ ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް އެމްއައިބީން ޚާއްސަ އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ މިއީ އެބޭންކުން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގ ފެސިލިޓީތަކާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ ޙަރަކާތެއްކަމަށެވެ.

މި ޙަރަކާތްއޮންނާނީ މިމަހުގެ 12ވަނަ ދުވަހު "މީރުމާ"ގައެވެ. މި ހަރަކާތް ކުރިއަށްދާނީ ހެނދުނު 9އިން އިރުއޮއްސި 6 އަށެވެ. މި ޙަރަކާތުގައި ކޮންމެ ވިޔަފާރިއަކަށްވެސް ބައިވެރިވެ އެމްއައިބީގެ ވިޔަފާރި ފެސިލިޓީތަކާ ބެހޭ މައުލޫމާތު ހޯދޭނެއެވެ.

އެގޮތުން ރީފައިނޭންސިން، ކެޕިޓަލް އެސެޓް ހޯދުން، ރިވޯލްވިން ޓްރޭޑް ފައިނޭންސިން، ވެސެލް ފައިނޭންސިން، ޕްރޮޖެކްޓްތަކަށް ފައިސާ ހޭދަކުރުން، ޕީއޯއެސް އަދި އިންޓަނެޓް ޕޭމަންޓް ގޭޓްވޭއާބެހޭ މައުލޫމާތު ހޯދޭނެކަމަށް އެމްއައިބީން ވިދާޅުވެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް، އެކަމަށް ޚާއްސަކޮށްފައިވާ ލިންކަށް ޒިޔާރާތްކޮށް، އެ ވިޔަފާރިއަކަށް ފަސޭހަ ގަޑިއަކަށް ބުކިން ހަދާލެވޭނެއެވެ.