ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނައިބުގެ މަގާމަށް އަޙްމަދު ފާތިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އަޙްމަދު ފާތިޙް ވަނީ އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގައި ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ކެމިސްޓްރީ ފުރިހަމަކުރައްވާފައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަޙްމަދު ފާތިޙް ވަނީ އެއަރޕޯޓުގެ އިމިގްރޭޝަން އޮފިސަރެއްގެ މަގާމު ފުރުއްވާފައެވެ.