މުނިފޫހިފިލުވުން

30 އަހަރުފަހުން "ބީޓަލްޖޫސް" ގެ ދެވަނަ ބައެއް


މީގެ 30 އަހަރު ކުރިން ރިލީޒްކުރި "ބީޓަލްޖޫސް" އަކީ ގިނަ ބަޔަކަށް ކަމުދިޔަ މޮޅު ފިލްމެކެވެ. މަރުވެފައިވާ ދެމަފިރިއެއްގެ ރޫހު އެ ދެމަފިރިން އެމީހުންގެ ގެއަށް އަންނަ އެހެން އާއިލާއަކަށް ކުރާ ކަންކަން ގެނެސްދިން މި ފިލްމަށް ކްރިޓިކްސް ލިޔާ މީހުންގެ ތައުރީފުތައްވެސް އޭރު އޮހިގެން ދިޔައެވެ. ހޮރޯ ކޮމެޑީ މި ފިލްމުގެ މޭކަޕްތައް މޮޅުވެ އެ އަހަރުގެ އެންމެ މޮޅު މޭކަޕްގެ އޮސްކާވެސް މި ފިލުމަށް ވަނީ ލިބިފައެވެ.

މިހާރު މިވަނީ މި ފިލްމުގެ ސީކުއެލެއް ނެރެން ތައްޔާރުވެފައެވެ. މަޝްހޫރު އެކްޓަރ ބްރެޑް ޕިޓްގެ ޕްރޮޑަކްޝަން ހައުސް ޕްލޭން ބީ އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ މަސައްކަތް ވޯނާ ބްރޯސްއިން ކުރަމުން އަންނަތާ މިހާރުވަނީ ދުވަސްގަޑެއްވެފައެވެ.



"ބީޓަލްޖޫސް" ފުރަތަމަ ފިލްމުގެ ޓްރެއިލަރ

ފިލްމުގެ ޝޫޓިންތައް މިއަހަރު ފަށާނެކަަން ޕްރޮޑަކްޝަން ޓީމުން މިހާރު ވަނީ އިއުލާންކޮށްފައެވެ. އެ ޓީމުން މިހެން ބުނިނަމަވެސް ފިލުމުގެ ސްކްރިޕްޓްވެސް އަދި ނުނިމޭކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

1998 ވަނަ އަހަރު ދެއްކި ޓިމް ބާޓަންގެ ކްލެސިކް ހޮރާ ކޮމެޑީ "ބީޓަލްޖޫސް" ގެ ތަރިންގެ ތެރޭގައި މައިކަލް ކިއޭޓާން އަދި ވިނޯން ރައިޑާ ވަނީ ފެނިފައެވެ. ނަމަވެސް ދެން ނިކުންނަ ސީކުއަލްގެ ކާސްޓުން އަދި ޔަޤީނެއްނޫނެވެ.