ކުޅިވަރު

ގޭމްސްގައި ވާދަކުރާ ޓީޓީ ޓީމް އެކުލަވާލައިފި


ކުރިޔަށް އޮތް ސައުތްއޭޝިއަން ގޭމްސްއާއި ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ދާނެ ކުޅުންތެރިން ހޮވައިފިއެވެ. މި ކުޅުންތެރިން ހޮވާފައިވަނީ ތިން ރައުންޑުގެ މެޗުތަކަށްފަހުއެވެ. އަންހެން ކުޅުންތެރިންގެ ތެރެއިން އެއްވަނަ ދަމަހައްޓާފައިވަނީ މުއީނާ މުޙައްމަދުއެވެ. މުއީނާ ވަނީ 28 ޕޮއިންޓް ހޯދާފައެވެ. ދެވަނަ ހޯދީ ޖުމާނާ ނިމާލްއެވެ. ޖުމާނާ ވަނީ 26 ޕޮއިންޓް ހޯދާފައެވެ. 25 ޕޮއިންޓާއެކު ތިންވަނަ ހޯދީ އައިޝަތު ރަފާ ނާޒިމްއެވެ. މީ ރަފާ ތިންވަނަ މަގާމް ހޯދި ފުރަތަމަ ފަހަރެވެ. މީ އެންމެ ބާރަ އަހަރުގެ ކުޅުންތެރިޔާއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ރަފާގެ ފަހަތުން 23 ޕޮއިންޓާއެކު ހަތަރުވަނަ ހޯދީ އައިމިނަތު ޝިއުރާއެވެ.ފިރިހެން ކުޅުންތެރިންގެ ތެރެއިން އެއްވަނަ ހޯދީ މޫސާ މުންސިފްއެވެ. އެއީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އޭނާ ވަނީ 33 ހޯދާފައެވެ. 25 ޕޮއިންޓާއެކު ޒީސްތުއަށް ދެވަނަ ލިބޭއިރު 24 ޕޮއިންޓާއެކު ތިންވަނަ ލިބިފައިވަނީ މައިޒަރު އާދަމްއަށެވެ.