ޚަބަރު

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލްއުސްތާޛު މުޙައްމަދު އަނީލު


ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒްގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަޤާމަށް އައްޔަންކުރެއްވީ ސ.ހިތަދޫ، ޖަންބުމާގެ އަލްއުސްތާޛު މުޙައްމަދު އަނީލުއެވެ.

އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާއިން 2012 ވަނަ އަހަރު، އިސްލާމިކް ޝަރީއާއިން ބެޗެލަރސް ޑިގްރީގެ ސަނަދު ހާސިލުކުރައްވާފައެވެ. އަދި މިހާރު އެބޭފުޅާއަކީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރސް އޮފް އިސްލާމިކް ސްޓަޑީޒްގެ ތަަޢުލީމު ހާސިލްކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު އަނީލު ވަނީ 2017 ވަނަ އަހަރުން ފެށިގެން ސ. ހިތަދޫ އިސް އިމާމުގެ މަޤާމު އަދާކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މަޤާމު ދެން ފުރުއްވަނީ އައްޝައިޚް އިލްޔާސް ޖަމާލްއެވެ.