ކުޅިވަރު

ލީޑްސްގެ މައްޗަށް ސްޕަރސް ކާމިޔާބުހޯދައިފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރިމެޗް ސްޕަރސް ކާމިޔާބުކޮށްފިއެވެ. ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗް ސްޕަރސްއިން ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.

ސްޕަރސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ގިނަ ހަމަލާ އުފައްދާފައިވަނީ ލީޑްސްއިންނެވެ. ނަމަވެސް މިކުޅުމާއެކުވެސް އެޓީމަށް ލިބުނު ފުރުސަތުތައް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއް ނުވިއެވެ. އޭގެބަދަލުގައި ސްޕަރސްއިން ވަނީ އެޓީމަށް ލިބުނު ފުރުސަތު ތަކިގެ ބޭނުން ހިފާފައެވެ. މިގޮތުން ސްޕަރސްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހައިދިނީ މެޓް ޑޮހަޓީއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހައިދިނީ ޑެޖާން ކުލުސެވްސްކީއެވެ. އަދި ސްޕަރސްގެ ތިންވަނަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ޖަހައިދިނީ ހެރީ ކޭންއެވެ. އަދި މިމެޗްގައި ސްޕަރސްގެ ފަހު ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހައިދިނީ ސޮން ހެއުންގ މިންއެވެ.

މިކާމިޔާބީއާއެކު ސްޕަރސް އަށް މިހާރުވަނީ ކުޅުނު 25 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު ތާވަލްގެ ހަތްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލީޑްސް އުޅެނީ 23 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ. އަދި މިނާކާމިޔާބީއާއެކު ލީޑްސްގެ ކޯޗް މާސެލް ބިއެލްސާއަށް އޮތް ޕްރެޝަރު މިވަނީ އިތުރު ވެފައެވެ.