ޚަބަރު

އަހަރުތަކަށްފަހު މާލެއަށް ވެލައެއް އަރައިފި


އެތައް އަހަރުތަކަށް ފަހު މާލެއަށް މިއަދު ހެނދުނު ވެލައައެއް އަރައިފިއެވެ.

އެ ވެލާ އަރާފައިވަނީ ހެނދުގެ ވަގުތެއްގައި ސިނަމާލެ ބްރިޖް ކައިރިއަށެވެ. ވެލާ އަރާފައި އޮތް ސަރަޙައްދަކީ މާލޭގެ ދޮންފަހަށް އެންމެ ފަސޭހައިން އެރެން އޮތް ހަމައެކަނި ސަރަހައްދެވެ.

ބްރިޖްގެ ހުޅަނގު ދެކުނު ފަރާތަށް ވެލާ އަރާ އޮއްވާ ފެނިފައިވަނީ އެ ސަރަހައްދުގައި ކަސްރަތުކުރަން އުޅުނު ބަޔަކަށެވެ. ނަމަވެސް އެ ސަރަހައްދަށް އަރާއޮތް ވެލާ ފުލުހުން ވަނީ މޫދަށް ބާލަފައެވެ.

މިއަދު ސިނަމާލެ ބުރިޖު ކައިރިއަށް އެރި ވެލާ ބިސް އެޅިކަމެއް ނޭނގެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ވެލާ ބޮޑު ވަޅުގަނޑެއް ކޮނެފައި ހުރި މަންޒަރު ފެނިފައި ވެއެވެ. ބެލެވޭ ގޮތުގައި މާލެ އަށް އަރާފައި ވަނީ މުސަންބީއެކެވެ.

ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް މާލެއަކީ މާގިނައިން ވެލާ އަރާ ތަނެއް ނޫނެވެ.