މުނިފޫހިފިލުވުން

"ދަ ކްރައުން" ގެ ސެޓުން ބޮޑު ވައްކަމެއް


ނެޓްފްލިކްސްގެ މަޝްހޫރު ޑްރާމާ ސީރީޒް "ދަ ކްރައުން" ގެ ސެޓުން ބޮޑު ވައްކަމެއް ކޮށްފިއެވެ.
ސީރީޒްގެ ފަސްވަނަ އަދި އެންމެ ފަހު ސީޒަންގެ ޝޫޓިން ތެރެއިން ކޮށްފައިވާ މި ވައްކަމުގެ އަގު 2 ލައްކަ ޑޮލަރަށް އަރައެވެ. ވަގަށް ނަގާފައިވާ އެއްޗެހީގެ ތެރޭގައި ރިއްސާއި ރަނުގެ އުއްބައްތި ބަހައްޓާ ސްޓޭންޑްތަކަކާއި ޑްރެސިން ޓޭބަލްތަކެއްވެސް ހިމެނެއެވެ.

ނެޓްފްލިކްސް އޮރިޖިނަލް މި ސީރީޒަކީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާ، ރާނީ އެލިޒަބަތު ދޭއްގެ ދުވަސްވަރުގެ ވާހަކަތައް ގެނެސްދޭ ސީރީޒެކެވެ. މި ސިރީޒަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ނެޓްފްލިކްސް އިން ވަނީ މިހާތަނަށް މިސީރީސްގެ ހަތަރު ސީޒަނެއް ގެނެސްދީފަ އެވެ.

ކްރައުންގެ ސީޒަން ފަހެއް އަދި ހައެއްގައި ފެނިގެންދަނީ އަމީރާ ޑަޔާނާ އާއި އަމީރު ޗާލްސް ވަކިވާ ހިސާބާއި ވިންޑްސަރ ކާސަލްގައި އަލިފާން ހިފާ މަންޒަރެވެ. އަމީރާ ޑަޔާނާ މަރުވާ ހިތާމަވެރި ހާދިސާވެސް މި ސީޒަންގައި ފެންނާނެ ކަމަށް ނެޓްފްލިކްސް އިން ބުނެއެވެ.

2016 ވަނަ އަހަރު ދައްކަން ފެށި ސީރީސްގެ ފަސް ވަނަ ސީޒަން ދައްކަން ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

ދި "ކްރައުން" އަށް ވަނީ 26 ވަނަ ކްރިޓިކް ޗޮއިސް ވެސް ލިބިފައެވެ. އެއީ ބެސްޓް ޑްރާމާ ސީރީސް އެވޯޑާއި، ބެސްޓް އެކްޓާ އާއި އެކްޓްރެސްގެ އެވޯޑެވެ. މީގެއިތުރުން މި ސީރީޒަށްވަނީ މިދިޔަ އަހަރުގެ ގޯލްޑެން ގްލޯބް އެވާޑް ވެސް ލިބިފައެވެ.