ޚަބަރު

ސިންގަޕޫރުގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ބަލިޖެހިއްޖެ


ސިންގަޕޫރުގައި ރެކޯޑު ޢަދަދެއްގެ ބަޔަކަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ސިންގަޕޫރުގެ ޞިއްޙަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 26,032 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް ދާން ހަފުތާތަކެއް ނަގާނެކަމަށެވެ. ކޯވިޑް-19ގެ ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައި ސިންގަޕޫރުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ބަލިޖެހިގެން ހަސްފަތާލުން ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު އިތުރުވި ނަމަވެސް އައިސީޔޫ އެންދާއި އޮކްސިޖަން މަދުނުވައި މިންވަރަށް އެބަހުރިކަމަށެވެ. އަދި އެ ވުޒާރާއިން ލަފާ ދެނީ އެއްވެސް ޢަލާމާތެއް ނެތްނަމަ ގޭގައި ތިބެގެން ފަރުވާ ހޯދުންކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ،

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ސިންގަޕޫރުގައި ފާއިތުވި 28 ދުވަހުގެ ތެރޭގައި 294,000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން %99.7 މީހުންގެ އެއްވެސް ޢަލާމާތެއް ނެތެވެ.

5.5 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގެ %91 މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައެވެ. އަދި %66 މީހުންވަނީ ވެކްސިން ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް ޖަހައިފައެވެ.