މުނިފޫހިފިލުވުން

ރަންދީޕް ހޫޑާ އަނެއްކާވެސް ނެޓްފްލިކްސަށް


ރަންދީފް ހޫޑާ އަނެއްކާވެސް ސިރީޒަކުން ފެންނަން ތައްޔާރުވެއްޖެއެވެ. މި ސީރީޒް ވެގެންދާނީ ރަންދީފް ނެޓްފިލްކްސަށް އަނެއްކާވެސް އެނބުރި އައުމަކަށެވެ.

ޓަނަލް ޕްރޮޑަކްޝަނާއި ޖެލީ ބީން އެންޓަރޓެއިންމަންޓް ގުޅިގެން ނެޓްފިލްކްސްގައި ގެނެސްދިން ރަންދީފްގެ ފުރަތަމަ ސީރީޒް "އެކްސްޓްރެކްޝަން" އަށޤ ވަނީ ރަނގަޅު ތަރުހީބެއް ލިބިފައެވެ.

މި ފަހަރުގެ ރަންދީޕުގެ ސީރީޒްގެ ޑައިރެކްޓަރަކީ ރިލީޒްވުމުގެ މަގުމަތީގަޢީ ޢޯޓޤ "އަންފެއަ އެންޑް ލަވްލީ" ގެ ޑައިރެކްޓަ އަދި 2017 ވަނަ އަހަރު ދެއްކި "މުބާރަކާން" ގެ ސްކްރީން ޕްލޭ ވެސް ލިޔެފައިވާ ބަލްވިންދަރު ސިންގް ޖަނޫޖާ އެވެ. ރަންދީޕާއި ބަލްވިންދަރު ވަނީ މީގެކުރިންވެސް ކޮމެޑީ ޑްރާމާ "ތެރާ ކިޔާ ހޯގާ ލަވްލީ" ގައި މަސައްކަތްކޮށްފައެވެ.

މި ފަހަރުގެ ސީރީޒް "ކެޓް" ގައި ދައްކާނީ ޑްރަގް ޓްރެފިކިންނާއި ގޭންގް ތަޅާފުޅުން އަދި ސިޔާސީ ކަންތައްގަޑެކެވެ.

ރަންދީޕް ބޮލީވުޑަށް ތައާރަފްވީ 2001 ވަނަ އަހަރު ދެއްކި "މޮންސޫން ވެޑިން" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ އިންޑިއާގައި އަބަދުވެސް އޮންނަ ކުލައިގެ ތަފާތު ކުރުމާއި ގުޅޭގޮތުން އުފައްދާ ފިލްމު "އަންފެއަރ އެންޑް ލަވްލީ" އިންނެވެ. ރަންދީޕް އާއިއެކު ފިލްމު "ރުސުތުމް" ގެ ތަރި އިލިއާނާ ޑިކްރޫޒްވެސް ލިޑްރޯލުން ފެންނާނެއެވެ. މި ފިލްމުވެސް ޑައިރެކްޓު ކުރަނީ ބަލްވިންދަރެވެ.