ޚަބަރު

އަދީބުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދަޢުވާ މިއަދު ފަށަނީ


ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ދިރިއުޅުއްވާ ގެއިން ފިސްތޯލެއް ފެނުނުކަމަށް ބުނާ މައްސަލައިގެ ޝަރީއަތަށް މިއަދު ކުރިމިނަލްކޯޓްގެ ފެށުމަށް ނިންމައިފިއެވެ.ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނާ މައްސަލާގައި ދައުލަތުން އަދީބާއި ދެކޮޅަށް އުފުލަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 2  ޖަހާއިރެވެ. އަދީބް ދިރިއުޅުއްވާ ގެއިން ފިސްތޯލެއް ފެނުނުކަމަށް ބުނާ މައްސަލާގެ އަޑުއެހުންތައް މިއަދު ފަށާއިރު ފުލުހުންގެ އޮފިސަރުންތަކަކަށް ރިޝްވަތު ދިންކަމަށް ބުނާ މައްސަލައެއްގައިވެސް ދައުވާކޮށްދިނުމަށް އެދި  ފުލުހުން ޕީޖީގެ އޮފީހަށް ހުށައަޅާފައިވެއެވެ.މީގެ އިތުރުން އެމް.އެމް.ޕީ.އާރް.ސީގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައެއްގައިވެސް އަދީބުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު 50 ރަށެއްގެ މައްސަލާގައި އަދީބްއާއި ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ހުށައަޅާފައިވެއެވެ. ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 24 ވަނަދުވަހުއެވެ.