ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ.
މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ. މިމާރާމާރީގައި 3 ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މިހާތަނަށް ބެލި ބެލުމުން މިމާރާމާރީ ހިންގާފައިވަނީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ހާމަކުރެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީގު ކުރަމުންނެވެ.