ޚަބަރު

އެމް.އެން.ޑީ.އެފް ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަރ ފޭސް-1ގެ އެނެކްސް އިފްތިތާހުކޮށްފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަރ ފޭސް-1 ގެ އެނެކްސް އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރު އިފްތިތާހުކޮށްދެއްވައިފިއެވެ.

އެމް.އެން.ޑީ.އެފް ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ ތަރައްޤީ ކުރަމުންދަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މިހާރުވެސް މި ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރގައި އެއްފަހަރާ 400 މީހުން ތަމްރީނު ކުރުމުގެ ޤާބިލްކަން ފޭސް-1 ގެ އެނެކްސް އާއެކު ލިބިފައިވެއެވެ. ކޮމްޕޮޒިޓް ޓްރެއިނިންގެ ސެންޓަރ މުޅިން ނިމުމުން މިތަން ވެގެންދާނީ ސިފައިންގެ ތަމްރީނުތައް ހިންގާ މައިމަރުކަޒުގެ ގޮތުގައެވެ. ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރުގައި ހިމެނެނީ މެރިން ކޯ ޓްރެއިނިން ސްކޫލާއި، ކޯސްޓްގާޑް ޓްރެއިނިން ސްކޫލާއި، ދަބޭސިކް ސްކޫލެވެ.

އެމް.އެން.ޑީ.އެފް ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ ފޭސް-1 ގެ ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހު 05 ވަނަ ދުވަހު އެވެ. އެމް.އެން.ޑީ.އެފް ކޮމްޕޮޒިޓް ޓްރެއިނިންގެ ސެންޓަރ ގެ ފޭސް-1 އިފްތިތާހުކޮށްދެއްވައިފައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރު ޖޫން މަހު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު އިފްތިތާހުކޮށްދެއްވި ކޮމްޕޮޒިޓް ޓްރެއިނިން ސެންޓަރ ފޭސް-1 ގެ ތެރޭގައި ހިމަނައިގެން ޓްރެއިނިންގ ބިލްޑިންގ، އެޑްމިން ބިލްޑިންގ، ބެރެކްސް، ހެލްތު ޕޯސްޓް، ރެކްރިއޭޝަން ހޯލް، ފެނާއި ނަރުދަމާ އަދި ޕަމްޕު ސްޓޭޝަން، ކޮމިއުނިކޭޝަން ނެޓްވޯރކް، ފަޔަރިންގ ރޭންޖް، ފަޔަރިންގ ޝެޑް އަދި އޮބްސްޓިކަލް ބެލްޓުގެ މަސައްކަތްވަނީ ނިންމާލާފައެވެ.

އަދި މި މަސައްކަތަށް އިތުރު ކުރެވުނު އެނެކްސްގެ ދަށުން އިންސްޓްރަކްޓަރ ބެރެކްސް، ރެކްރިއޭޝަން ހޯލް، އެކަމަޑޭޝަން ބްލޮކް، ޓޮއިލެޓް ބްލޮކް، ވޯޓަރ ޓޭންކް ޓަވަރާއެކު އަދި މެސް ހޯލަށްވެސް ބައެއް ވަނީ އިތުރު ކުރެވިފައިވެއެވެ.

އެމް.އެން.ޑީ.އެފް ކޮމްޕޮޒިޓް ޓްރެއިނިންގ ސެންޓަރ، ފޭސް-1ގެ އެނެކްސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް އާއި އިންޑިއާގެ ވަފްދުގެ މެމްބަރުންނާއި، ޖެނެރަލް އޮފިސަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.