ޚަބަރު

ކުއަޑުން ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުން މިއަހަރުގެ ކުރީކޮޅު


އިންޑިއާގެ ބަޔޮލޮޖިކަލް-އީ އިން އުފައްދާ ވެކްސިން ދުނިޔޭގެ އެކި ޤައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުރިޔަށްގެންދާނެކަމަށް ކުއަޑުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

އޮސްޓްރޭލިއާ، ޖަޕާން، އިންޑިއާ އަދި އެމެރިކާއިން ވަނީ "ކުއަޑް"ގެ ނަމުން މަޝްހޫރުވެފައިވާ މި ގްރޫޕުން 2022 ވަނަ އަހަރު ނިމުމުގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިލިއަނަކަށް ވުރެ ގިނަ ކޮވިޑް ވެކްސިން ސަޕްލައި ކޮށްދޭނެކަމަށް ވައުދުވެފައެވެ. ހުކުރު ދުވަހު ބޭއްވި ކުއަޑްގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުއަޑް ވެކްސިން ޕާޓްނަރޝިޕްގެ ހަލުވި ކުރިއެރުމާމެދު އުފާކުރާކަމަށާއި 2022ވަނަ އަހަރު ނިމުމުގެ ކުރިން މަދުވެގެން އެއް ބިލިއަން ވެކްސިން ޤައުމުތަކަށް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށެވެ. އެހެންނަމަވެސް އެ ބަޔާނުގައި ވެކްސިން ދޭނެ މިންވަރެއް އަދި އެ ވެކްސިން ފޯރުކޮށްދޭނީ ކޮން ޤައުމުތަކަށް ކަމެއް ބަޔާންކޮށްފައެއް ނުވެއެވެ.

އަދި އެ ބަޔާނުގައި ވަނީ ކުއަޑުން އިސްނަގައިގެން ސިއްހީ ހިދުމަތްތެރިން ތަމްރީނު ކުރުމާއި، ވެކްސިން ޖެހުމަށް ޖެހިލުންވުން ކުޑަކުރުންފަދަ ކަންކަމުގައި އެހީތެރިކަން ފޯރކޮށްދެމުންދާކަމަށް ކުއަޑް ލީޑަރުންގެ ބަޔާނުގައިވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާއިން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 8 މިލިއަން ކޮވިޑް ވެކްސިން އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. ހަލުވިކަމާއެކު ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރު ކުރުމާއެކު، ވެކްސިން އެކްސްޕޯޓް ކުރުން ވަނީ 2021ވަނަ އަހަރުގެ ބޮޑުބައެއްގައި ހުއްޓާލާފައެވެ.