ކުޅިވަރު

ބަންގްބަންދު ގޯލްޑްކަޕްގެ މުހިންމު މެޗުތައް ޓީވީއެމްއިން ލައިވް


މިއަދު ބަނގްލަދޭޝްގައި ފެށި ބަންގްބަންދް ގޯލްޑްކަޕްގެ މެޗުތަކުގެ ރައިޓްސް ޕީއެސްއެމްއިން ނަގައިފިއެވެ. މުބާރާތުގެ މެޗުތައް ދެއްކުމުގެ ރައިޓްސް ޕަބްލިކް ސަރވިސް މީޑިއާއިން ހޯދައި، ރާއްޖެ ކުޅޭ މެޗުތަކާއި މުޙިންމު މެޗެއްވެސް ޓީވީއެމްއިން ދައްކަން ވަނީ ނިންމާފައެވެ. ރާއްޖޭގެ ޤައުމީ ޓީމް ވާދަކުރާ މިމުބާރާތަކީ ބަނގްލަދޭޝްގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޤައުމުގެ އެސޯސިއޭޝަނުން ބާއްވާ އިންވިޓޭޝަނަލް މުބާރާތެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިހާރު ވާދަކުރަމުންދަނީ ސްރީލަންކާއާއި ބަނގްލަދޭޝްއެވެ. މުބާރާތުގެ ފުރަތަމަ ހަތަރު މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު އެއްގަޑި ސާޅީސް ފަހެއްގައެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނިކުންނާނީ ކެމްބޯޑިޔާއާއި ދެކޮޅަށެވެ. އެމެޗު ފަށާނީ މެންދުރު އެއްގަޑި ސާޅީސް ފަހެއްގައެވެ. ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ބަހުރެއިން، އަދި ބަނގްލަދޭޝްގެ އޮލިމްޕިކް ޓީމެވެ. ގްރޫޕް އޭގައި ހިމެނީ ލަންކާ، ބަނގްލަދޭޝް، ނޭޕާލް އަދި މެލޭޝިޔާއެވެ. މުބާރާތް ނިމޭނީ މިމަހުގެ ވިހި ވަނަ ދުވަހުއެވެ. ރާއްޖެއިންވެސް މުބާރާތުގައި ވާދަކުރަނީ ޒުވާން ޓީމެކެވެ.