ޚަބަރު

" ތުހުމަތު ކުރެވެނީ ޒުހާ މަރާލުމަށްފަހު އެއްލާލާފައި އޮތްކަމަށް "


މަރުވެފައި
އޮއްވާ މާލޭ މަގުމަތިން މިއަދު ފެނުނު އަންހެން މީހާ އޮތީ މަރާލުމަށްފަހު
އެއްލާލާފައިކަމަށް ތުހުމަތުކުރެވޭކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގަލޮޅު
ދޫހިމެރިމަގުގެ ގޯޅިއެއްގެ ތެރޭގައި މަރުވެފައިވާ އޮއްވާ ފެނުނު ޙައްވާ ޒުހާ (ލ.
ގަން، ބާބުލް އަވާލީ، 23އ)ގެ މަރުގެ ތަހްޤީޤާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ޙައްވާ ޒުހާގެ ހަށިގަނޑު ހޮސްޕިޓަލަށް
ގެންގޮސް ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރު ޔަޤީންކަން ދީފައިވަނީ ޙައްވާ ޒުހާ
ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. އަދި އަންހެން މީހާ މަރުވެފައިވަނީ ޤުދުރަތީ މަރަކުން
ނޫންކަން މިހާތަނަށް ބެލި ބެލުމުން ތަޙްޤީޤަށް އެނގިފައިވާކަމަށް ފުލުހުން
މައުލޫމާތުދެއްވައެވެ.

އެހެންކަމުން
މިމައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި ޙައްވާ ޒުހާގެ ހަށިގަނޑު ރާއްޖެއިން
ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށާއި، އަދި އެކަމާއި
ގުޅޭ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކާއި އެކު ކުރަމުންދާކަމަށް ފުލުހުން
ވިދާޅުވިއެވެ.









މިމައްސަލަ
ތަޙުޤީޤު ކުރަމުންދަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެނޑް އޮގަނައިޒްޑް
ކްރައިމް ޑިޕާޓްމަންޓުންނެވެ.