ޚަބަރު

ރާއްޖެ އިސްލާމްވިދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ކ.ގުރައިދޫގައި


ރާއްޖެ އިސްލާމްވި ދުވަސް
ފާހަގަކުރުމުގެ ރަސްމީ ޖަލްސާ މިއަހަރު ކ. ގުރައިދޫގައި ބޭއްވެވުމަށް
ހަމަޖައްސަވައިފިއެވެ.



މި މިޖަލްސާ އޮންނާނީ ރަބީޢުލްއާޚިރު
މަހުގެ ދެވަނަދުވަހު، އެއީ މީދާލީގޮތުން މިމަހުގެ ބާރަވާ އަންގާރަ ދުވަހެވެ. ރާއްޖެ އިސްލާމްވި ދުވަސް
ފާހަގަކުރަމުން އަންނަނީ ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީންސުރެ އެ
ދީނަކަށް އަޅުކަންކުރަމުން އައި ބުޑިސްޓުދީން ދޫކޮށްލައި ދިވެހި ދައުލަތުން
ރަސްމީގޮތުގައި އިސްލާމްދީން ޤަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އެދީނަށް އެނބުރިގެންދިޔުމުގެ
ޒިކްރާ އާކުރުމުގެ ގޮތުންނެވެ. މިކަމަށް 
އޭރުގެ ރަދުން އަމުރުކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު
މަހުގެ ތެރޭގައެވެ.



ރަސްމީގޮތުން ދިވެހި ދައުލަތުން
ޤަބޫލުކުރައްވާ ގޮތުގައި، ރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް
އަންބުރުވައިލައްވައި، ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅަކީ  މަޣްރިބުކަރައިގެ މައުލާނަ އަލްޙާފިޒު އަބުލްބަރަކާތު
ޔޫސުފުލް ބަރްބަރީއެވެ.



އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީއަކީ
ހިޖުރައިން ހަވަނަ ޤަރުނުގެ ތެރޭގައި އިސްލާމްދީނަށް ނުހަނު ޚިދުމަތްކުރެއްވި
ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރުމަހު
މުޅި ދިވެހި އުންމަތް އިސްލާމްދީނަށް އެނބުރުނީއްސުރެ އަދިއަދަށް ދާންދެންވެސް
މިރާއްޖޭގައި އޮތީ އިސްލާމްދީނެވެ.



ރާއްޖެ އިސްލާމްވީދުވަސް ފާހަގަ
ކުރުމަށް މިއަހަރު ބާއްވާ ޚާއްޞަ ޖަލްސާގައި ހޯމް މިނިސްޓަރާއި ދައުލަތުގެ
އިސްވެރިންބައިވެރިވެ ވަޑައިގަންނަވާނެކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.