ޚަބަރު

މެމްބަރު އަޙްމަދު ހަލީމްގެ ބައްޕާފުޅު އަވަހާރަވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު ދޮންބިލެތް އަޙުމަދު ހަލީމްގެ ބަންޕާފުޅު، މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުލްޤުއްދޫސް އިބްރާހީމް އަވަހާރަވެއްޖެއެވެ.

ގުއްދޫސް އަވަހާރަވެފައިވަނީ، ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދަނިކޮށް މިއަދު މެންދުރުއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 82 އަހަރެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޤުއްދޫސް އަވަހާރަވީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ޤުއްދޫސަކީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާގެ ދޮން ބައްޕަވެސް މެއެވެ.

ގުއްދޫސްއަކީ ވިޔަފާރީގެ ރޮގުން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޚާއްސަކޮށް އޭނާއަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ވިކްޓްރީ ސްޕޯޓްސް ކްލަބު ކުރެއރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ގުއްދޫސްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނަނީ މިރޭ 10:30ގައި އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުކަމާކެމީގެ ކަންކަން ކުރިއަށް ހަމަޖެހިފައިވަނީ އާސަހަރާގައެވެ.