މާލޭގައި ބިދޭސީއަކު އަނބިމީހާއަށް އަނިޔާކޮށް، ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 6:20 ހާއިރު މާލޭގެ ގެއެއްގައި ބިދޭސީ އަންހެނަކަށް އޭނާގެ ފިިރމީހާ ގެވެށި އަނިޔާ ކޮށްފައިވާކަމުގެ މައްސަލަ އެއް ހުށައަޅާފައިވާކަމަށެވެ. އަދި މިހާރު އަނިޔާ ލިބުނު އުމުރުން 26 އަހަރުގެ އަންހެން މީހާއަށް އައިޖިއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
އަންހެން މީހާއަށް ހަމަލާ ދިން މީހާއަކީވެސް ބިދޭސީއެކެވެ. ނަމަވެސް ދެމީހުން ނިސްބަތްވާ ގައުމެއް ފުލުހުން ހާމައެއްނުކުރެއެވެ. ފުލުހުން ވިދާޅުވީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އަންހެން މީހާ ގެއިން ނިކުތް ވަގުތު ނަގާފައިވާ ވީޑިއޯ އަކުން ވެސް ފެންނަ ގޮތުގައި އޭނާގެ ގައިގަ ގިނަ އަދަދެއްގެ ލޭ ހުރިއިރު، އޭނާއަށް ރަނގަޅަށް ނުވެސް ހިނގެއެވެ.