ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްއިން އިންތިޒާމްކޮށްގެން ވޯކްޝޮޕެއް ހިންގައިފިއެވެ.
ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރި ކުރުވުމުގެ ގޮތުން ބޭއްވި "ތައްޔާރުވަމާ" ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވާނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ. އެގޮތުން މި ވޯކްޝޮޕްގައި ޖުމްލަ 24 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ބައިވެރިވެފައިވަނީ 18 އަހަރާއި 19 އަހަރުގެ ކުދިންނެވެ.
އެއް ދުވަހުގެ މި ވޯކްޝޮޕްގައި ވަޒީފާގެ މާހައުލަށް ޒުވާނުން ތަމްރީންކުރުމުގެ ގޮތުން ތަފާތު ކަންތައްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މޯޓިވޭޝަން ވޮލަންޓިއަރިޒަމް، ކެރިއަރ ޕްލޭނިންގ، ޕްރޮސެސް އޮފް އިންޓަރވިއު، ސީވީ ރައިޓިންގ އަދި ގްރޫމިންގ ހިމެނެއެވެ. އޭގެ އިތުރުން ކުދިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެފަދަ ވާހަކަތައް ރޯލް މޮޑެލް ޔޫތުއިން ވަނީ ވޯކްޝޮޕްގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.
ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގެ ބައިވެރިންނަށް ޔޫތު މިނިސްޓްރީންވަނީ ސެޓްފިކެޓް ވެސް ހަވާލުކޮށްފައެވެ.
މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ ވަޒީފާގެ މާހައުލަށް ޒުވާނުން ތަމްރީންކުރުން ކަމަސް ޔޫތު މިނިސްޓްރީން ބުނެއެވެ.