ކުޅިވަރު

އަންހެން ސިންގަލްސް ޗެމްޕިއަންކަން ބާޓީއަށް


އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައި، އެޝްލީ ބާޓީ 44 އަހަރުވީ ދިގު އިންތިޒާރަށް ނިމުން ގެނެސްފިއެވެ.

އޮސްޓްރޭލިއާ އަށް އުފަން ބާޓީ މި ފަހަރުގެ މުބާރާތުގެ ތަށި އުފުލާލީ ފައިނަލުގައި އެމެރިކާގެ ޑަނިއޭލޭ ކޮލިންސް ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ބާރޓީ ގެންދިޔައީ 6-3، 7-6، 7-2) އިންނެވެ. ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި މި ވަގުތު އޮތް ބާޓީ ވަނީ ފައިނަލު މެޗުގައި ހުރިހާ ގޮތަކުން ވެސް ތަފާތު ދައްކާފައެވެ. އޮސްޓްރޭލިއަން އޯޕަން އަކީ އުމުރުން 25 އަހަރުގެ ބާޓީ އަށް ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ލިބުނު ތިން ވަނަ ކާމިޔާބީއެވެ. އޭނާ އެންމެ ފުރަތަަމަ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރީ 2019 ވަނަ އަހަރު ފްރެންޗް އޯޕަންއެވެ.

މީގެ ކުރިން އޮސްޓްރޭލިއާ އަށް އުފަން ކުޅުންތެރިއަކު އޮސްޓްރޭލިއަން އޯޕަންގެ ސިންގަލްސް ޓްރޮފީ ހޯދީ މީގެ 44 އަހަރުކުރިންނެވެ. އެ ކާމިޔާބީ ހޯދީ 1978 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސް ކާމިޔާބުކުރި ކްރިސްޓީން އޮނީލްއެވެ.