އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ޚިދުމަތް ދޭ ވަގުތު 4 ގަޑިއިރަށް ކުރުކޮށްފައިވާ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އެހޮސްޕިޓަލުން ހާމަކުރި ގޮތުގައި ލެބޯރެޓަރީ ޚިދުމަތް ދޭ ވަގުތު ކުރުކުރަން ނިންމީ ރާއްޖޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކަމަށެވެ. އެގޮތުން 30 ޖެނުއަރީ 2022 އިން ފެށިގެން 5 ފެބުރުއަރީ 2022ގެ ނިޔަލަށް އައިޖީއެމްއެޗްގެ ލެބޯޓްރީން ލޭނެގުމުގެ ޚިދުމަތް ދެމުންގެންދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެނދުރު 12:00 އާހަމައަށެވެ.
އަދި ނަންމަބަރު ދޫކުރެވޭނީ ދުވާލަކަށް އޮންލައިންކޮށް 100 ނަންބަރު އަދި ހޮސްޕިޓަލަށް ވަޑައިގެން 100 ނަންބަރު ކަމަށް އެހޮސްޕިޓަލުން ހާމަކުރެއެވެ.