ޚަބަރު

މާލެ ހިޔާ ސަރަޙައްދުގައި ފްލޫ ކްލިނިކް ހިންގި އިމާރާތުގައި ރޯވެއްޖެ


މާލެ ހިޔާ ސަރަޙައްދުގައި ފްލޫ ކްލިނިކް ހިންގި އިމާރާތުގައި އަލިފާން ރޯވެ، ވަރަށް ބޮޑަށް އަނދައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މާލެ ހިޔާ ފްލެޓް ސަރަހައްދުގައި ފުލޫ ކްލިނިކް ހިންގި އިމާރާތުގައި އަލިފާނުގެ ހާދިސާގެ މަޢުލޫމާތު އެފްއާރުއެސްއަށް ލިބިފައިވަނީ މިއަދު 14:47 ހާއިރުކަމަށެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން 15:08 ހާއިރު އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީޢެފްއިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ. ނަމަވެސް އަލިފާން ރޯވި އިމާރާތް ވަރަށް ބޮޑަށް އަނދާ ހުލިވެފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މީގެކުރިންވެސް މި އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.