ކުޅިވަރު

އެންމެފަހުން އެޑަމާ ބާސެލޯނާއަށް


އިނގިރޭސި ކުލަބު ޓޮޓްނަމް ހޮޓްސްޕާއިން އެޑަމާ ޓްރައުރޭ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް ބާސެލޯނާއިން އެ ކުޅުންތެރިޔާގެ ސޮއި ހޯދައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ބާސެލޯނާ އިން މި ޑީލްގެ ތެެރެއަށް ވަނުމުގެ ކުރިން ޓޮޓެންހަމުން ވަނީ ޓްރައޯރޭ ހޯދަން ދެ ބިޑެއް އޭނާ ކުޅެމުންދިޔަ ވުލްވްސްއަށް ރަސްމީކޮށް ހުށަހަޅައިފައެވެ. ޓޮޓެންހަމްގެ ދެ ވަނަ ބިޑްގައި ޓްރާންސްފާ ފީއެއްގެ ގޮތުގައި 20 މިލިއަން ޑޮލަރު ވެސް ދައްކަން ހުށަހެޅިއެވެ.

ކުރިން ބާސެލޯނާ އަށް ކުޅުނު ޓްރައޯރޭ، އަލުން އެ ކްލަބާ ގުޅޭނީ ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެޑަމާ ޓްރައޯރޭ ވުލްވްސްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ 18 މަސް ދުވަސް އެބައޮތެވެ. ކުރިން ބާސެލޯނާ ޓްރައޯރޭ އެ ކްލަބް ދޫކޮށް 2015 ވަނަ އަހަރު އެންމެ ފުރަތަމަ ބަދަލުވީ އެސްޓަން ވިލާ އަށެވެ.

2018 ވަނަ އަހަރު ވުލްވްސް އަށް ބަދަލުވީ އޭރު އެ ކްލަބްގެ ރެކޯޑް އަގަކަށެވެ. އެއީ 25 މިލިއަން ޑޮލަރަށެވެ. އެ ޓީމަށް ކުޅެދިން 154 ހަތަރު މެޗުން ވަނީ 11 ގޯލު ޖަހައިފައެވެ.