ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހިރިމަރަދޫގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމުގެ މަޢުލޫމާތު އިއްޔެ 13:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ 71 އަހަރުގެ އަންހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އެމީހާ ފެނިފައިވަނީ ހިރިމަރަދޫ އަތިރިމަތިން ރާޅުޖަހާ ހިސާބު މޫދުގައި އޮއްވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ހަށިގަނޑުގައި އެއްވެސް ޒަޚަމެއް ފެންނަން ނެތްކަމަށާއި، މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށެވެ.