ކުޅިވަރު

ގޯލްޑްކަޕަށްދާން އަޝްފާޤަށް ރިލީޒެއް ނުލިބުނު


ބަންގްބަންދް ގޯލްޑްކަޕްގައި ކުޅެން ކްލަބުން ރިލީޒް ނުލިބުނުކަމަށް ޤައުމީ ޓީމްގެކް ކެޕްޓަން އަލީ އަޝްފާޤް ބުނެފިއެވެ. އެހެންކަމުން އަންނަ ހުކުރު ދުވަހު ބަނގްލަދޭޝްގައި ފަށާ ގޯލްޑްކަޕްގައި އަޝްފާޤަށްވެސް ނުކުޅެވޭނެއެވެ. ކެރިއަރުގެ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕް މިމަހުގެ އެއްތިރީސް ވަނަ ދުވަހު ނިންމާލި ކެޕްޓަނަށް އެމުބާރާތުގައި ނުކުޅެވޭނެކަން ހާމަކޮށްފައިވާއިރު، ސްކޮޑްގައި ދެން ތިބި އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިންވެސް ވަނީ ޓީމާއެކު ނުދާން ނިންމާފައެވެ. އެއީ ކީޕަރު އިމްރާން މުޙައްމަދާއި، މިޑްފީލްޑަރ މުޙައްމަދު އާރިފްއެވެ. އިމްރާން ނުދާން ނިންމީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތުދީ، ތަޖުރިބާ ހޯދައި ދިނުމަށްކަމަށް ބުނެއެވެ. އާރިފް ޓީމާއެކު ނުދާން ނިންމީ އަމިއްލަ ސަބަބުތަކާހުރެކަމަށް ބުނެއެވެ. މީގެއިތުރުންވެސް ބައެއް ކުޅުންތެރިން ޓީމާއެކު ނުދާން ނިންމާފައިވާކަމަށް މައުލޫމާތުލިބެއެވެ.