ޚަބަރު

އިތުރު 9 ރަށެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ބީއެމްއެލްއިން ހަދިޔާކޮށްފި


ރާއްޖޭގެ 09 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ބޭންކް އޮފް މޯލްޑިވްސްއިން ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިންވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަށް ހަދިޔާކުރި މި އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ. މިއީ އެ ބޭންކުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޚާއްސަ އިސްކަމެއް ދީގެން ކުރެއްވި ކަމެއްކަމށް އެބޭންކުން ވިދާޅުވެއެވެ.

މިއެހީތެރިކަމާއެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 330އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިއަހަރު ބޭންކުން ސެން ކްލާސްތަކަށް މި ތަކެތި ހަދިޔާ ކޮށްފައިމިވަނީ "އިންޓަރނޭޝަނަލް ޑޭ އޮފް އެޑިޔުކޭޝަން" ފާހަގަ ކުރަމުންދާ ދުވަހުގައެވެ.

ބީއެމްއެލްއިން ތަކެތި ހަދިޔާ ކުރި ސްކޫލްތައް

  • 1 - ށ. ފުނަދޫ ސްކޫލު
  • 2- މޭނާ ސްކޫލް، ނ. ހޮޅުދޫ
  • 3- މަދްރަސަތުލް އިފްތިތާޙް، ޅ. ނައިފަރު
  • 4- ކ. ގުރައިދޫ ސްކޫލް
  • 5- އއ. އުކުޅަސް ސްކޫލް
  • 6- އދ. އަތޮޅު ތަޢުލީމީ މަރުކަޒު، އދ. މަހިބަދޫ
  • 7- އިހައްދޫ ސްކޫލް، ލ.ގަން
  • 8- ގއ. އަތޮޅު ސްކޫލް، ގއ. ކޮލަމާފުށި
  • 9- ގދ. މަޑަވެލި ސްކޫލް

މިވޭތުވެދިޔަ ދެއަހަރުދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.