ކުޅިވަރު

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު މިމަހު 11 ގައި


މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފަހު ބުރު މިމަހުގެ އެގާރަވަނަ ދުވަހު ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި ފަށަން ނިންމައިފިއެވެ. އަށް ޒޯނުގެ ޗެމްޕިއަނުން ވާދަކުރާ ފައިނަލް ބުރުގައި ވާދަކުރާ އަށް ޓީމްގެ ތެރެއިން ހަތަރު ޓީމް ވާދަކުރާނީ ކުޅުދުއްފުށީގައެވެ. އެއީ ޒޯން އެކަކުން ހަތަރެއްގެ ޗެމްޕިއަނުންނެވެ. އެޓީމްތަކަކީ ނޮޅީވަރަމް، ފޯކައިދޫ، މާމިގިލި، އަދި ޒޯން ތިނެއްގެ ޗެމްޕިއަން ޓީމެވެ. ޒޯން ފަހަކުން، އަށެއްގެ ޗެމްޕިއަނުން ވާދަކުރާނީ އައްޑޫ ސިޓީގައެވެ. އެޓީމްތަކަކީ ކެޔޮދޫ، ލ.ގަން، ފަރެސްމާތޮޑާ އަދި ސ.ފޭދޫއެވެ. ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެޓީމާއެކު ސެމީފައިނަލް ދެމެޗާއި ފައިނަލް މެޗު ކުޅޭނީ އައްޑޫ ސިޓީގައެވެ. މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާނެ ޓީމެއް މިހާރު ކަށަވަރު ނުވަނީ ޒޯން ތިނަކުންނެވެ. އެއީ މަސްލަހަތު ގޯސްވެ އެޒޯންގެ ފައިނަލް ބުރުގައި ދުވާފަރާއި އޭދަފުށި، ދުވާފަރުގައި ކުޅެން އޮތް މެޗު ނުކުޅެވިގެންނެވެ. އޭދަފުއްޓާއި ދުވާފަރު ވާދަކުރާ ދެވަނަ ލެގު ކުޅުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު މާލޭގައެވެ.