ޚަބަރު

ކޮމަންޑޫ ކައިރީގައި 3 ރިސޯޓް ހަދަން ހުޅުވާލައިފި


ށ. ކޮމަންޑޫ ކައިރީގައި އޮންނަ 3 ރަށެއްގައި ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ރިސޯޓް ހަދަން ހުޅުވާލާފައިވަނީ ކޮމަންޑޫ ކައިރީގައި އޮންނަ ށ. މެދުރަށާއި، ށ. ދިގުރަށް އަދި ށ. މައިރަށުގައި (ދިގުވެލިދޫގަ)އެވެ.



ޖުމްލަ 1.2 މިލިއަން ރުފިޔާއަށް ދޫކުރާ މި ތިން ރަށުގައި 19 ހެކްޓަރު ހުންނާނެއެވެ.

ކޮމަންޑޫ ކައިރިން ރިސޯޓް ހަދަން ނިންމި ރަށްތައް އިތުރުކޮށްފައިވަނީ ސަރުކާރުން މިދިޔަ އޮކްޓޫބަރުމަހު ރިސޯޓް ހަދަން ސަރުކާރުން އިއުލާންކުރި ރަށްތަކުގެ ލިސްޓަށެވެ. މި ލިސްޓުގައި މީގެކުރިން 18 ރަށެއް ހިމެނެއެވެ.