ކުޅިވަރު

އެންމެފަހުގެ ޗެމްޕިއަން އަލްޖީރިޔާ ބަލިވެއްޖެ


އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ ރޭ އިކުއޭޓޯރިއަލް ގިނީ އަތުން 1-0 އިން ބަލިވެއްޖެއެވެ.

ރޭ އިކުއޭޓޯރިއަލް ގިނީން އަލްޖީރިއާ ބަލިކުރަން ގޯލު ޖެހީ މެޗުގެ 70 ވަނަ މިނިޓްގައެވެ. އަލްޖީރިއާ އިން މި މެޗުގައި ވެސް ގޯލެއް ޖެހޭތޯ ގިނަ އެޓޭކްތަކެއް ކުރިނަމަވެސް ކާމިޔާބުވާ ގޮތެއްނުވިއެވެ. އަލްޖީރިއާ އަށް ރޭ ކުރިމަތިވި ނާކާމިޔާބީއާއެކު އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް މި ވަނީ 35 މެޗަށް ފަހު ނިމުން އައިސްފައެވެ.

ރޭގެ މެޗުގެ ކުރިން އަލްޖީރިއާ އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރުގެ އޮކްޓޯބަރުގައެވެ. އިކުއޭޓޯރިއަލް ގިނީ ވަނީ 2015 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު އެފްރިކަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

މި ނަތީޖާއެކު އެންމެ ފުލުގައި އަލްޖީރިއާ އޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ. އަލްޖީރިއާ އަށް ދެވަނަ ބުރަށް ދެވެން އޮތީ ގްރޫޕްގެ ފަހު މެޗުގައި އައިވަރީ ކޯސްޓް ބަލިކޮށްގެންނެވެ.