ކުޅިވަރު

ސަލާހުގެ ލަނޑުން މިސްރަށް ފުރަތަމަ މޮޅު


މުޙައްމަދު ސަލާހުގެ ލަނޑާއެކު ގިނީ ބިސާއު ބަލިކޮށް މިސްރުން މި ފަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިސްރު ގިނީ ބިސާއު އަތުން މޮޅުވީ 1-0 ލަނޑުންނެވެ. އެފްރިކަން ކަޕް ހަތް ފަހަރު ކާމިޔާބުކުރި މިސްރުގެ ހަމައެކަނި ގޯލު މެޗުގެ 69 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ސަލާހުއެވެ. މެޗުގެ 81 ވަނަ މިނިޓްގައި ގިނީ ބިސާއުގެ މާމާ ބާލްޑޭ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އެއްވަރުކޮށްދީފައެވެ.

ވީއޭއާރުން ބެލިއިރު، މާމާ ބާލްޑޭ ވަނީ ގޯލު ޖެހުމުގެ ކުރިން މިސްރުގެ އޮމާރް ކަމާލަށް އޮތީ ފައުލުކޮށްފައެވެ. އެއީ ފައުލެއްތޯ ވީއޭއާރުން ކަށަވަރުކުރީ ދަނޑު ކައިރީގައި ހުންނަ މޮނީޓަރު ކައިރިއަށް ގޮސް ބަލައިފައެވެ. ރެފްރީގެ މި ނިންމުމާމެދު ގިނީ ބިސާއު ކުޅުންތެރިން ވަރަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

މެޗުގައި މިސްރުގެ ސަލާހަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭނުން ނުހިފިފައެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގިނި ބިސާއުގެ މޮރޭޓޯ ކަސާމާއަށް ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެވެ. މި ނަތީޖާއެކު ގްރޫޕް ޑީގެ ދެ ވަނައިގައި މިސްރު އޮތީ ތިން ޕޮއިންޓާ އެކުއެވެ.

ތިން ވަނައިގައި އޮތް ގިނީ ބިސާއު އާއި ހަތަރެއްގައި އޮތް ސޫދާނަށް ވެސް ވަނީ ޕޮއިންޓެއް ލިބިފައެވެ.