އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ރޭ ސޫދާން އަތުން 3-1 އިން މޮޅުވެ، ނައިޖީރިއާ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފިއެވެ. 
ނައިޖީރިޔާއިން ވަނީ މެޗުގެ ފުރަތަމަ 45 މިނިޓުގެ ތެރޭގައި ތިން ލަނޑު ސޫދާން ކޮޅަށް ޖަހާފައެވެ. ތިން ވަނަ މިނެޓްގައި ސެމިއުލް ޗުކުވޭޒީ ނައިޖީރިއާގެ ފުރަތަމަ ގޯލު ޖެހިއިރު، އެ ޓީމަށް ދެ ވަނަ ގޯލެއް ޖަހައިދިނީ ޓައިވޯ އޮނިޔީވީއެވެ. ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓްގައި މޮސެސް ސިމޯން ވަނީ ނައިޖީރިއާގެ ތިން ވަނަ ގޯލު ޖަހައިފައެވެ. 
ސޫދާނުގެ ހަމައެކަނި ގޯލު ޕެނަލްޓީ އަކުން ޖެހީ ވަލީލްދީން ހިދީރުއެވެ. އަށާރަ އަހަރު ތެރޭގައި އެފްރިކަން ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ފަހަރު ނައިޖީރިއާ އިން މިސްރު ބަލިކުރިއިރު،  ދެ ވަނަ މެޗުން ސޫދާން އަތުން މޮޅުވެ، ގްރޫޕް ޑީގެ އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކުއެވެ. 
ނައިޖީރިއާ އަކީ ކެމަރޫނާއި މޮރޮކޯ އަށް ފަހު މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރު ކަށަވަރުކުރި ޓީމެވެ.