ކުޅިވަރު

ބުރްކިނާފާސޯއަށް މުހިއްމު މޮޅެއް


އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގުރޫޕް އޭގައި ބުރްކިނާ ފަސޯއިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

މުބާރާތުގައި ބުރްކިނާއިން ކުޅުނު ދެވަނަ މެޗުގައި މޮޅެއް ހޯދީ ކޭޕްވާޑް އަތުން 1-0 ލަނޑުންނެވެ. މި މެޗުގައި ބުރްކީނާއިން ޖެހި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 39 ވަނަ މިނުޓުގައި ހައްސާނޭ ބަންޑޭއެވެ. މި ނަތީޖާ އެކު ބްރުކިނާއިން ވަނީ ގަދަ 16 އަށް ދިއުމަށް އުންމީދު އާކޮށްފައެވެ. ރޭގެ މެޗުން ހޯދި 3 ޕޮއިންޓާއެކު އެޓީމުން ވަނީ ގުރޫޕުގެ ދެވަނައަށް ކުރިއަށްޖެހިލާފައެވެ. އެއީ ގުރޫޕްގައި ހިމެނޭ ކޭޕްވާޑް އެއް އަދަދަކަށް ޕޮއިންޓު ހޯދައިގެން 3 ޕޮއިންޓާއެކުވެ.

ރޭގައި މެޗަށް ނުކުތްއިރު ބްރުކިނާއިން އޮތީ މޮޅުވާން މަޖުބޫރުވެފައެވެ. މިގުރޫޕްގައި އެއްވަނައިގައި އޮތް ކެމަރޫންއިން ވަނީ މުބާރާތުގެ ގަދަ 16 ޔަގީން ކޮށްފައެވެ. މި ގުރޫޕްގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބުރްކިނާއީ ނުކުންނާއި އިތޯޕިޔާ ދެކޮޅަށެވެ.

މި ގުރޫޕުގައި އިތޯޕިއާށް އަދި ޕޮއިންޓެއް ލިބިފައެއްނުވެއެވެ.