ކުޅިވަރު

12 އަހަރަށްފަހު އިންޓަމިލާނުން ސުޕަކަޕް ކާމިޔާބުކޮށްފި


އިޓާލިއަން ސުޕަކަޕްގައި ޔުވެންޓަސް މައްޗަށް ފަހަތުން އަރައި ކުރިހޯދާ އިންޓަމިލާނުން ކާމިޔާބުކޮށްފިއެވެ.

މެޗުގެ 25 ވަނަ މިނިޓުގައި ވެސްޓޮން މެކްކެނީ ކާމިޔާބު ކުރި ލަނޑާއެކު ޔުވެންޓަސް އިން ލީޑު ނެގިއިރު އިންޓަމިލާނުން ވަނީ ލިބުނު ޕެނެލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. އިންޓަމިލާނަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮއްދިނީ ލައުޓަރޯ މާޓިނޭޒެވެ. މެޗުގެ 90 ވަނަ މިނިޓު ހަމަވެގެން އިތުރު ވަގުތުގެ ތެރޭގައި ޔުވެންޓަސް އަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. އެހެން ނަމަވެސް މެޗުގެ ރެފްރީ ވީއޭއާރް ބެލުމަށްފަހު އެއީ ޕެނެލްޓީއެއް ނޫންކަމަށް ނިންމައިފައެވެ.

މެޗުން އިންޓަ މޮޅުވި ލަނޑު މެޗުގެ އިތުރުވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒެވެ. އިންޓަމިލާނުން ހޯދި ތައްޓާއެކު އެޓީމުގެ ކޯޗު ސިމިއޯން އިންޒާގީ ގެ ކޯޗުކަމުގައި އެޓީމުން ހޯދި ފުރަތަމަ ތައްޓެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އިންޒާގީ ވަނީ ތިންފަހަރު ސުޕަކަޕް ކާމިޔާބުކޮށްފައެވެ.