ކުޅިވަރު

މިއީ އަހަރެމެންނަށް ހައްޤު މޮޅެއް – އިންޑިޔާ ކޯޗު


މިއަދު ލިބުނު މޮޅަކީ ހައްޤު މޮޅެއްކަމަށް އިންޑިޔާގެ ކޯޗު ސްޓެފަން ކޮންސްޓެންޓައިން ބުނެފިއެވެ. ސާފް ސުޒުކީކަޕްގެ ފައިނަލް މެޗަށްފަހު ތައްޓާއެކު ނޫސްވެރިންނާ ވާހަކަދައްކަމުން އޭނާ ބުނީ މިއީ އުނދަގޫ މެޗެއްކަމަށާއި، ނަމަވެސް މޮޅު ހައްޤުކަމަށެވެ.އަފްޣާނިސްޠާނުން ދެޕެނަލްޓީއެއް ލިބެންޖެހޭކަމަށް ބުނެ ދެއްކި  ވާހަކަތަކަށްވެސް އިންޑިޔާ ކޯޗު ވަނީ ރައްދުދީފައެވެ." އުނދަގޫ މެޗެއް. ހުރިހާއެންމެން ކުރި މަސައްކަތާއި މެދުވެސް ހިތްހަމަ ޖެހޭ. އަހަރެމެން ކާމިޔާބު ހޯދައިފިން. މުޅި މެޗުގެ 120 މިނިޓްގައި އަހަރެމެން ފުރުޞަތު ހޯދިން. އަހަރެމެންނަށް މޮޅު ހައްޤު. ބުނެވިދާނެ ޕެނަލްޓީއެކޭ. ޕެނަލްޓީ ލިބެންޖެހެއޭ. އަހަރެމެންނަށްވެސް އެހެން ބުނެވިދާނެ. މިއަދު ނިމިގެން މިދިޔައީ އަހަރެމެން މޮޅުވެގެން. " ކޯޗު ބުންޏެވެ.އިންޑިޔާ މުބާރާތް ކާމިޔާބުކުރީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްގެންނެވެ. އެއީ ގްރޫޕް ސްޓޭޖްގެ ދެ މެޗާއި، ސެމީފައިނަލް މެޗާއި ފައިނަލް މެޗެވެ.