ޚަބަރު

ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަވަހާރަވެއްޖެ


ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ދާވިދު ސަސޯލީ އަވަހާރަވެއްޖެއެވެ.

ވިލާތުގެ ޤާނޫނުހަދާ މަޖިލީހުން ބުނެފައިވަނީ އާލާސްކަންފުޅެއްގެ ސަބަބުން ޢުމުރުފުޅުން 65 އަހަރުގެ ސަސޯލީވަނީ ޑިސެންބަރު މަހުގެ 26ވަނަ ދުވަހުން ފެށިގެން ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. އިޓަލީވިލާތަށް އުފަންވެވަޑައިގަތް ސަސޯލީ އަވަހާރަވީ އޭނާގެ ދިފާޢީ ނިޒާމުގެ ޙާލަތު ގޯސްވެ ހަސްފަތާލުން ފަރުވާ ހޯއްދަވަނިކޮށްކަމަށް ވިލާތުގެ ޤާނޫނުހަދާ މަޖިލީހުންވަނީ ބުނެފައެވެ.

705 މެންބަރުންގެ މައްޗަށް އެކުލެވޭ ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމާ ސަސޯލީ ޙަވާލުވެވަޑައިގަތީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ ވިލާތުގެ އެއްބައިވަންތަކަމާއި ޙައްދުފަހަނައަޅާފައިވާ ސިޔާސަތުތަކާ ދެކޮޅަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. އެ ގޮތުން އޭނާވަނީ ވިލާތަށް ހިޖުރަކުރާ މީހުންނާއި ވިލާތުން ސިޔާސީ ޙިމާޔަތް ހޯދައި މީހުންނަށް ފަސޭހަ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވައިފައެވެ. އޭނާގެ މަޤާމުގެ ދަޢުރު އޮތީ މި މަހުގެ ތެރޭގައި ހަމަވާ ގޮތަށެވެ.