ދުނިޔެ

މިއުނިކަށް ޓެރަރިސްޓް ޙަމަލާއެއް ދޭން ރޭވިކަމުގެ ހެއްކެއް ނެތް!


ޖަރުމަންވިލާތުގެ ރަށެއްކަމަށްވާ މިއުނިކްގައި ޓެރަރިސްޓް ޙަމަލާއެއް ދޭން ރާވާފައިވާކަމުގެ ޞައްޙަ ހެއްކެއް ނެތްކަމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ބުނެފިއެވެ.އެ ޤައުމުގެ ސަލާމަތީ ބާރުތަކުން މިހެން ބުނެފައި މިވަނީ، މިއުނިކްގެ ދެ ރޭލް ސްޓޭޝަނެއްގައި ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރު ލިބުމާއި ގުޅިގެން، މި ދެ ސްޓޭޝަން ބަންދުކުރުމާއި ގުޅިގެންނެވެ. ސަލާމަތީ ބާރުތަކުން ބުނީ، މި ދެ ރޭލު ސްޓޭޝަން ބަންދުކޮށްފައިވަނީ ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ އިންޒާރު ލިބުމުންކަމަށާއި، ނަމަވެސް، އެއްވެސް ހަމަލާއެއް ދޭން ރާވާފައިވާކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށެވެ. ނަމަވެސް، ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރުދިންކަމަށް ޤަބޫލްކުރެވޭ ފަސް މީހަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިއުނިކްގެ ފުލުހުން ބުނެއެވެ.ފުލުހުން ބުނީ، މިއުނިކްގައި ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު އެ ޤައުމުގެ ސަލާމަތީ ބާރުތަކާއި ޙިއްޞާކޮށްފައިވަނީ ފަރަންސޭސި ވިލާތުގެ ޖާސޫސީ އިދާރާއިންކަމަށެވެ. އަދި، މި ކަމާއި ގުޅިގެން އެ ޤައުމުގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.