ޚަބަރު

ދުބާއީގެ ހޮޓަލުގައި ހިނގި އަލިފާނުގެ ހާދިސާ ތަހުޤީގުކުރަނީ


އެކުވެރި އަރަބި އިމާރާތުގެ ރަށެއްކަމަށްވާ ދުބާއީގައި ހުންނަ 63 ބުރީގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާ ތަހުޤީޤު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.އައު އަހަރު ފާހަގަކުރުމުގެ ހަފްލާތަކަށް ތައްޔާރުވަމުން ދިޔަ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ސޯޅަ މީހަކަށް އަނިޔާވިއެވެ. މި ހާދިސާ ހިނގާފައިވަނީ ދުބާއީގައި ހުންނަ ދުނިޔޭގެ އެންމެ އުސް އިމާރާތްކަމަށްވާ ބުރްޖް އަލް-ޚަލީފާއާއި މާ ދުރު ނޫން ހިސާބެއްގައި ހުންނަ އެޑްރެސް ޑައުންޓައުން ހޮޓަލުގައެވެ.މި ހާދިސާގައި މި ހޮޓަލުގެ 20 ފަންގިފިލައެއްގައި އަލިފާން ރޯވެފައިވާއިރު، މިހާރު މި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ. މި ހޮޓަލުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ވިއްސަކަށް ގަޑިއިރު ހޭދަވިއެވެ.