ދެކުނު އެފްރިކާގެ ޤާނޫނުހަދާ މަޖިލިސް ކުރާ ގޭގައި ވަރަށް ބޮޑަށް ރޯވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަންވަރުގެ ވަޤުތުގައި ރޯވެފައިވަނީ ދެކުނުު އެފްރިކާގެ ވެރިރަށް ކޭޕު ޓައުނުގައި ހުންނަ ޤާނޫނުހަދާ މަޖިލިސް ކުރާ ގޭގެ ތިންވަނަ ފަންގިފިލާގައެވެ. އެ ގޮތުން އަލިފާން ރޯވެފައިވަނީ އެ ފަންގިފިލާގައި ހުރި ކޮޓަރިތަކެއްގެ އިތުރުން މަޖިލިސް ޖަލްސާތައް ކުރިން ބޭއްވި މާލަމުގައެވެ.
ދެކުނު އެފްރިކާގެ ޤާނޫނުހަދާ މަޖިލިސް ކުރާ ގޭގައި ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ކަޅު ދުންތައް އެ ސަރަޙައްދަށް ފެތުރުނެވެ. ނަމަވެސް އަލިފާން ހިފާފައިވާ މަންޒަރެއް ބޭރަށް ފެންނާކަށް ނެތެވެ. އެ ޙާދިޘާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އެ ޙާދިޘާ ހިނގަން މެދުވެރިވި ސަބަބެއްވެސް އަދި ނޭނގެއެވެ.