ކުޅިވަރު

ރެއާލް މެޑްރިޑުން އެމްބާޕޭ އެކު މަޝްވަރާކުރަން ތައްޔާރުވަނީ


ކިލިޔަން އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުން އާ އަހަރުގެ ފުރަތަމަ ދުވަހު އޭނާއާ އެކު ވާހަކަތައް ފަށަން ރެއާލް މެޑްރިޑުން ތައްޔާރު ވެއްޖެއެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދައިފައިވާ ކޮންޓްރެކްޓް ހަމަވާނީ ޖޫން 2022 ގަ އެވެ. އެމްބާޕޭއާއެކު ސީދާ ވާހަކަތައް ފަށަން ރެއާލުން ދެން މަޑު ކުރަން ޖެހޭނީ ފަސް ދުވަސް ވަންދެންނެވެ. އަންނަ ހުކުރު ދުވަހުގެ ފަހުން ޕީއެސްޖީ އަށް އެންގުމަށް ފަހު އެމްބާޕޭއާ ރެއާލުން ވާހަކަ ދެއްކޭނެއެވެ. ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ހިލޭ ޓްރާންސްފާގައި އެމްބާޕޭ ގެންދިއުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ. ޖެނުއަރީ 1 ގެ ފަހުން އޭނާ ލައްވައި ޕްރީ ކޮންޓްރެކްޓްގައި ސޮއިކުރުވާ ނަމަ، ޕީއެސްޖީއާ މުއާމަލާތް ކުރަން ޖެހެއެވެ.

މާދަމާގެ ގެ ފަހުން، އެމްބާޕޭ ބޭނުންވާ ކްލަބަކާ އޭނާ އަށް ވާހަކަ ދެއްކޭނެއެވެ. ވާހަކަ ދައްކާ ކްލަބަކުން ޖެހޭނީ އެކަން، އެމްބާޕޭގެ މިހާރުގެ ކްލަބް ޕީއެސްޖީ އަށް އަންގާށެވެ. ރެއާލް މެޑްރިޑުން ވަނީ މިދިޔަ އޮގަސްޓް މަހު ވެސް އެމްބާޕޭ ގެންދަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ، އޭރު އޭނާ ވިއްކާލަން ޕީއެސްޖީން ދެކޮޅު ހެދުމުންނެވެ. އަންނަ ސީޒަނަށް ރެއާލުން ގެންނަން ބޭނުންވާ އަނެއް ކުޅުންތެރިޔަކީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއެވެ.