ޚަބަރު

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އދގެ އެހީއަކަށް މެލޭޝިޔާއިން އެދެފި


މޫސުމީ ބަދަލުތަކުން އަރައިގަތުމަށް 3 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް ހޯދުމަށް މެލޭޝިޔާއިން އެދެފިއެވެ.

މެލޭޝިޔާއިންވަނީ އދގެ ގުރީން ކުލައިމެޓު ފަންޑު، ޖީސީއެފުން 3 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް ހޯދުމަށް އެދިފައެވެ. މެލޭޝިޔާއިން އެ ފައިސާ ބޭނުންކުރާނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ޤައުމީ މަގުޗާޓެއް އެކުލަވާލުމަށެވެ. އަދި ފެންބޮޑުވުން ހުއްޓުވުމަށް މަސައްކަތް ކުރުމަށްވެސް އެ ފައިސާ ބޭނުންކުރާނެއެވެ.

ޑިސެންބަރު މަހުގެ 18ވަނަ ދުވަހުން ފެށިގެން މެލޭޝިޔާއަށް ކުރަމުންދާ ވިއްސާރާގައި 48 މީހުން މަރުވެ 70،000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި އެ ސަރަޙައްދުތަކުން ކަރަންޓާއި ފެނާއި މުވާސަލާތީ ގުޅުން ކެނޑި ދަތުރުފަތުރުކުރުމަށްވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.