ކުޅިވަރު

ކޯޗު ބޭނުން ކޮންމެ ކުޅުންތެރިއަކު އެރުވޭނެ – ޝަކީބު


ސާފް ސުޒުކީކަޕް ސެމީފައިނަލްގައި މާދަމާ ކޯޗު ބޭނުން ކޮންމެ ކުޅުންތެރިއަކު އެރުވޭނެކަމަށް ފިޒީޝަން އަހުމަދު ޝަކީބު ވިދާޅުވެއްޖެއެވެ. ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ފިޓްކަން ހާމަކޮށްދެމުން ޝަކީބު ވިދާޅުވީ ކޯޗު ބޭނުން ކުޅުންތެރިއަކު އަރުވަންވީކަމަށާއި ފިޓްނަސްއާއި އަނިޔާގެ މައްސަލައެއް ނެތްކަމަށެވެ." މާލެއިން ފުރަމުންވެސް ބުނިން މުބާރާތުގައި ވާދަކުރާ އެންމެ ފިޓް ޓީމަކީ ރާއްޖެއޭ. އެކަން ފެންނާނެ މުބާރާތް ތެރޭން. ރާއްޖޭގެއެއްވެސް ކުޅުންތެރިއަކު މަސްލަސް އިންޖަރީއެއްވެސް ނެތް. ފިޓްނަސް ރަނގަޅު ނޫނިއްޔާ މަސްލަސް އިންޖަރީތައް ކުރިމަތިވާނެ. ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ފިޓް. " ތަޖުރިބާކާރު ފިޒީޝަން ވިދާޅުވިއެވެ.އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއަރމަންގެ މަޤާމްގައިވެސް ހުންނެވި ޝަކީބު ވިދާޅުވީ އިރާދަކުރެއްވިއްޔާ ރާއްޖެ ދަނޑުން ފައިބާނީ މޮޅުވެގެންކަމަށެވެ." އިރާދަކުރެއްވިއްޔާ މޮޅުވެގެން ފައިބާނީ. ޓީމް އޮތީ ތައްޔާރަށް. " ޓީމް ތިބޭ ހޮޓަލްގައި ހުރެ ޝަކީބު ވިދާޅުވިއެވެ.