ކުޅިވަރު

މަސައްކަތްކުރާނީ ކުޅުންތެރިން އޯވަރ ކޮންފިޑެންސް ވިޔަ ނުދިނުމަށް: ނިޒާމް


ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ސުޕަޔުނަޓެޑާ ދެކޮޅަށް ނުކުންނައިރު އެންމެ ފަހުން ކުޅުނު މެޗުން ތިން ޕޮއިންޓު ލިބިފައި އޮތުމުން، އޯވަރ ކޮފިޑެންސް ނުވަމަށް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވިސްނައިދެމުން އަންނަކަމަށް ޓީސީގެ ކޯޗު މުހަންމަދު ނިޒާމް ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި އެންމެފަހުގެ ފަރިތަކުރުންތަކަށްފަހު ޕީއެސްއެމް ސްޕޯޓްސްއާ ވާހަދައްކަމުން ނިޒާމް ބުނީ އެންމެ ފަހުން ކުޅުނު މެޗުން މޮޅުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށާ ކުޅުންތެރިންގެ ފަރާތުން އެ ހިތްހަމަޖެހުން ޓީމުގެ ފަރިތަކުރުންތަކުން ފެނިގެންދިޔަކަމަށެވެ.

"މީގަ އެންމެ ބިރުވެރިކަންތަކަށް އެންމެ ފުރަތަމަ ޓެކުލްކުރަން މިޖެހުނީ، އެއީ ކުޅުންތެރިން އޯވާކޮންފެޑިންސް ވެދާނެތީ، ކުޅުންތެރިން އޯވާކޮންފިޑެންސް ނުވުމަށް މެންޓަލީ މި ތައްޔާރުވަނީ." މެޗުގެ ކުރިން ނިޒާމް ބުންޏެވެ.

ނިޒާމް ބުނީ މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކީވެސް ކޮންމެ މެޗަކީވެސް އޭނާގެ ނަޒަރުގައި ވާދެވެރިމެޗެއް ކަމަށާއި ޓީސީ ވަކިޓީމަކާ ދެކޮޅަށް ތައްޔާރުވާން ވަކި ޚާއްސަކަމެއް ނުކުރާނެކަމަށެވެ. އެހެންނަމެވެސް ޓެކްޓިކަލީ ގެންނަންޖެހޭ ބަދަލެއް ނޫނީ އިތުރު އެހެން ބަދަލަތަކެއް ނުފެންނާނެކަމަށްވެސް ނިޒާމް ބުންޏެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖެހުލެމެއް ނެތި އެކުޅޭ ލެވެލެއްގައި ޓީމުގެ ޒުވާން ކުޅުންތެރިން ދަނޑުމަތީގައި މަސައްކަތް ކުރާތަން ފެނުންކަމަށްވެސް އޭނާ ބުންޏެވެ.

ސަސްއިން މާޒިޔާއާ ދެކޮޅަށް ކުޅުނު ގޮތަށް މިމެޗުގައި ޑިފެންސަށް ވިސްނައިގެން ކުޅެފާނެކަމަކަށް ގަބޫލްނުކުރެވޭކަމަށާ ސަސް ނުކުންނާނީ ބޮޑު ބަދަލާއެކުކަމަށް ގަބޫލްކުރެވޭކަމަށް ނިޒާމް ބުންޏެވެ.

ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން މި ސީޒަނުގައި ވާދަކުރާ ޓީސީން ވަނީ ފުރަތަމަ މެޗުގައި 1-0 އިން އީގަލްސް ބަލިކޮށްފައެވެ. ސަސްއާއި ޓީސީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރުއެވެ.