ކުޅިވަރު

ޕީއެސްޖީ ބަލިނުވެ ސަލާމަތްވެއްޖެ


ފްރެންޗް ލީގު ވަންގައި ޕީއެސްޖީ ބަލިނުވެ ސަލާމަތް ވެއްޖެއެވެ. ރަށުން ބޭރުގައި ކުޅު ޕީއެސްޖީ އެއްވަރުވީ ލޯރިއެންއާ ވާދަކޮށް 1-1 ލަނޑުންނެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ލޯރިއެން އަށް ލީޑު ހޯދައިދިނީ ތޯމަސް މޮންކޯޑިއުން ޖެހި ލަނޑުންނެވެ. މެޗުގެ އިތުރު ވަގުތުގައި ޕީއެސްޖީން މެޗުގެ ނަތީޖާ އެއްވަރުކުރީ އިކާޑީ ޖެހި ލަނޑުންނެވެ. ރޭގެ މެޗުގައި ޕީޢެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޮސް އަށް ވަނީ ދެ ރީނދޫ ކާޑާއެކު، ރަތްކާޑު ދައްކައިފައެވެ. އެހެންކަމުން، ޕީޢެސްޖީ މެޗު ނިންމާލީ 10 ކުޅުންތެރިނާ އެކުއެވެ.

މި ނަތީޖާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑަކާ އެކުއެވެ. އެއީ 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނީސް އިން ވަނީ ރޭ ލެންސް 2-1 އިން ބަލިކޮށްފައެވެ. ނީސް އަށް ވަނީ 19 މެޗުން 33 ޕޮއިންޓް ލިބިފައެވެ. ތާވަލްގެ 19 ވަނައިގައި ލޯރިއެން އަށް 19 މެޗުން ލިބުނީ 16 ޕޮއިންޓެވެ.