ކަރަބާއޮ ކަޕްގެ ސެމީފައިނަލުން އާސެނަލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން އާސެނަލް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ލީގް ވަންއަށް ނިސްބަތްވާ ސަންޑަރލަންޑާއި ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްގެންނެވެ.
މިމެޗް އާސެނަލް ކާމިޔާބުކުރީ 5 ލަނޑު އެއްލަނޑުންނެވެ. މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އާސެނަލްއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހައިދިނީ އާސެނަލްގެ އެޑީ އެންކޭޓިއަރއެވެ. މިމެޗްގައި އޭނާވަނީ އިތުރު ދެލަނޑު ޖަހާ ހެޓްރިކެއްވެސް ހަދާފައެވެ. މިގޮތުން އެންކޭޓިއަރ ވަނީ 49 ވަނަ މިނެޓާއި 58 ވަނަ މިނެޓްގައިވެސް ލަނޑު ޖަހާފައެވެ. މިމެޗްގައި އާސެނަލްގެ އަނެއް ދެލަނޑު ޖަހައިދިނީ 27 ވަނަ މިނެޓްގައި ނިކޮލަސް ޕެޕޭ އާއި މެޗްގެ އިތުރު ވަގުތުގައި ޗާލީ ޕަޓީނޯއެވެ. މިއީ އޭނާ އާސެނަލްއަށް ކުޅުނު ފުރަތަމަ މެޗެވެ. މިމެޗްގައި ސަންޑަރލަންޑުން ޖެހި ހަމައެކަނި ލަނދު މެޗްގެ 31 ވަނަ މިނެޓްގައި ޖަހައިދިނީ ނޭތަން ބްރޯޑްހެދްއެވެ.
ސެމީފައިނަލްގައި އާސެނަލް ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ މިރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރާ މެޗަށްފަހު ބާއްވާ ގުުރުއަތުލުމުންނެވެ.