ކުޅިވަރު

މަސައްކަތްކުރިން ލަނޑު ނުޖެހުނީ: ޝާޒްލީ


ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓީސީ އަތުން ބަލިވީ ލަނޑު ނުޖެހިގެން ކަމަށާއި އީގްލަސްއިން އެކަމަށް މެޗުގައި މަސަކަތް ކުރިކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ.

މެޗަށްފަހު ވާހަދައްކަމުން ޝާޒްލީ (ޝާޒް) ބުނީ ދިމާވީ ޓީސީ އަށް ރަނގަޅު ދުވަހަކާ ކަމަށާއި އީގަލްސްއިން ގޯލެއް ޖެހޭ ވަރަށް މަސައްކަތްކުރި ނަމަވެސް އެކަން ހާސިލްނުވެ ބަލިވީ ކަމަށެވެ. އަދި ދިގު މުއްދަތަކަށް ނުކުޅެ ހުރެފައި ކުޅޭ ފުރަތަމަ މެޗުގައި އުނދަގޫތަކެއް ހުންނާނެކަން ފާހަގަކޮށް ޝާޒް ބުނީ ފުރަތަމަ މެޗުން ބަލިވުމާއެކު މުބާރާތުގައި ބޭނުންވާ ހިސާބަށް ދާނަމަ ދެން ކުޅޭ ކޮންމެ މެޗަކުން ވެސް ނަތީޖާ ނެރުން މުހިއްމު ކަމަށެވެ.

ދެން ހުރި މެޗުތަކުގައި ކޮންމެ ގޮތެއް ވިޔަސް ނުކުންނަން ޖެހޭނީ ނަތީޖާ އަށް، ދެތިން މެޗު ކުޅޭއިރަށް ރަނގަޅުވާނެ ކަމަށް މިބަލަނީ " ޝާޒް ބުންޏެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އީނާޒް ބުނީ ހަގީގަތުގައި މިއީ މުޅި ޓީމު އެކުވެގެން ކުރި ބުރަ މަސައްކަތް ކަމަށެވެ. އަދި އީގަލްސްގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، މިއީ އެ ކުޅުންތެރިންނަށް ލިބުނު މުހިންމު ތަޖުރިބާތައެއް ކަމަށާއި މީގެ ސަބަބުން ކުރިއަށްދާން އިތުބާރު ބޮޑުވާނެކަން އީނާޒް ފާހަގަކުރިއެވެ. ޓީސީ މޮޅުވީ މެޗުގެ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ހަސަން އީނާޒް ޖެހި ގޯލުންނެވެ.