ނޢޢވ ޢުމަރު ޒާހިރުގެ ކަށުނަމާދު އިސްލާމީ މަރުކަޒުގައި ކުރާގޮތަށް ހަމަޖައްސައިފިއެވެ. ކަށުނަމާދުކުރުން އޮންނާނީ މިރޭގެ ޢިޝާ ނަމާދަށް ފަހުއެވެ.
މައްޔިތާގެ މޫނުދެއްކުން ކުރިއަށްގެންދަނީ ހުޅުމާލޭ ސަހަރާގައެވެ. މޫނު ދެއްކުން މަޣްރިބް ނަމާދާއި ހަމައަށް ކުރިއަށްދާނެއެވެ.
އެމަނިކުފާނު އަވަހާރަވީ ކޯވިޑް-19ގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރު 2 ޖަހާ އެހާކަށްހާއިރުއެވެ.
ކޯވިޑް ބަލީގައި ހާލު ގޯސްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދޭން ފެށީ މިމަހުގެ 14ވަނަ ދުވަހުއެވެ.